ނީލަން
ނަންބަރު: O7C-B/2025/4
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 29 މޭ 2025 14:00
ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގައު އަޅާ މެޝިން ވިއްކާލުމާއި ބެހޭ

ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ 2024-O6C-CIV-240 ޤަޟިއްޔާއިން ލ.މާވަށް ސީޓްމާގެ އަޙުމަދު މުޢިއްޒުގެ ބެލުމުގެ ދަށުގައި ލ.މާވަށުގައި ހުރި ގައު އަޅާ މެޝިނެއް ވިއްކާލުމައް ބޭނުންވާތީ، އެ މެޝިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލ.މާވަށް މެޖިސްޓްރޭޓް ކޯޓުގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރެއްވުމަށް މިކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ ނަމްބަރ 6800061 އަށް ގުޅުއްވުން އެދެމެވެ.

މި ޢިއުލާނާއި ގުޅިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށް މެޝިން ދެއްކުން 25 މެއި 2025 ވަނަ ދުވަހު 13:00 ގައި އޮންނާނެއެވެ.

މެޝިން ގަންނަން ބޭނުންވާ ފަރާތްތަކުން 29 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލ.މާވަށް މެޖިސްޓްރޭޓް ކޯޓަށް ލިޔުމަކުން އަގު ހުށަހަޅަން ވާނެއެވެ. އަގު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އޮންނަންވާނެއެވެ.

ނޯޓް: މެޝިންގަތުމަށް އަގު ހުށަހަޅާއިރު 64173/37 (ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ހަތްދިހަ ތިން ރުފިޔާ ތިރީސް ހަތްލާރި) އަށްވުރެ ކުޑަ ނުވާނެހެން އަގު ހުށަހެޅުން އެދެމެވެ. އެއަށްވުރެ ކުޑައަގެއް ހުށަހަޅާ ފަރާތްތަކުގެ އަގުތަށް ބާޠިލް ކުރެވޭނެއެވެ. އަދި އަގު ހުށަހަޅާ ފަރާތްތަކުގެތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް މެޝިން ވިއްކާލެވޭނެއެވެ. އަގު ހުށަހެޅޭނީ މި އިއުލާނާ ގުޅިގެން މެޝިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް ދެވިފައިވާ މުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކަށް އެކަނިކަމުގައިވެސް ދެންނެވީމެވެ.

20 މޭ 2025