ދިވެހިރާއްޖެ
ިއިދާރާގެ ބެލުމުގެދަށުގައިވާ ސްލިޕްވޭގެ ތަކެތި ނީލަމުގައި ވިއްކުން
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ސްލިޕްވޭގެ މުދާތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް އިޢުލާނު ކުރަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00ގެ ކުރިން ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ނީލަމަށް ކަނޑައަޅައިފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ސްލިޕްވޭގެ ތަކެތި ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ.
ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު، މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީއަގު އެދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީއަގު ޖެހިޖެހިގެން ރަސްމީ 3 (ތިނެއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ފައިސާ ދެއްކުމަށްފަހު، ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރިކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި ނީލަން ކާމިޔާބުކޮށް، ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަން ބާޠިލުކުރަން ޖެހިއްޖެނަމަ އެ ފަރާތަކަށް، މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ.
ސިޓީލާ ނީލަން ނަންބަރ: 01/2025 |
|
ބާވަތް |
ސްލިޕްވޭގެ ތަކެތި |
ނީލަން ފެށޭއަގު: |
970000.00 (ނުވަލައްކަ ހަތްދިހަހާސް ރުފިޔާ) |
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
50000.00 (ފަންސާސްހާސް ރުފިޔާ) |
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަކެތި ބަލައިލުމުގެ އިންތިޒާމް 2025 މެއި 25 ވާ އާދީއްތަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00ށް ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު 2025 މެއި 25 ވާ އާދީއްތަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.