މަސައްކަތް
ނަންބަރު: (IUL)281-CA/INDIV/2025/6
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 29 މޭ 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން

މި އިދާރާގެ ނަންބަރު (IUL)281-CA/281/2025/11 އިޢުލާނުގައި އިދާރީގޮތުން ލިޔުމުގެ ކުށެއް ލިޔެވިފައިވާތީ އެ

އިޢުލާން ބާތިލުކޮށް އަލުން ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުމެވެ.

  • ބިމުގެ ބޮޑުމިން : 1500 އަކަފޫޓުގެ 2 ބިން
  • ހުށައެޅޭ އެންމެ ކުޑައަގު : 10،000 ރުފިޔާ
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • ހުށައެޅޭނެ އަދަދު: ފަރާތަކަށް 1 ބިން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected]   އަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށައެޅުމަށް ރަޖިސްޓަރީކޮށްދެއްވުން އެދި ކޮންފަރާތަކުންކަން އެނގޭނޭހެން ، 25 މެއި 2025 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރުމަށްފަހު، 29 މެއި 2025 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

20 މޭ 2025