ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296/296/2015/45
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 03 ސެޕްޓެންބަރު 2015 15:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މިއިދާރާގެ ނަންބަރު: IUL)296/296/2015/40) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރުމަތިލައްވާފައިނުވާތީ، އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު: ޕްލޭނިންގ އޮފިސަރ

ރޭންކް: އެމް އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް1

އިދާރާ: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް، ޝޯސަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ/ ނ. ފޮއްދޫ

މުސާރަ: -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް: -/2000 ރުފިޔާ (ދެހާސް ރުފިޔާ)

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި އެކި މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. އަބާދީއަށް އަންނަ އުނި އިތުރު ބެލެހެއްޓުމާއި އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  3. ބިމާއި ގޯތި ގެދޮރުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން
  4. ރަށުގައި ކުރެވޭ އިޤުތިޞާދީ އެންމެހާ މަސައްކަތުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން
  5. ޤުދުރަތީ ގޮތުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުމާއި އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮފީހަށް ހޯދަން ޖެހޭ މުދާ ގަވާއިދާ އެއްގޮތަށް ހޯދާ އިންވެންޓްރީ/ އަދި ސްޓޮކް ބެލެހެއްޓުން.
  7. ރައްޔިތުންގެ މުދަލުގެ ހިސާބު ބެލެހެއްޓުން.
  8. ހުކުރުނަމާދާއި، ކޭތަ ނަމާދާއި، ޢީދު ނަމާދު ކުރުމާބެހޭ އިދާރީ އެންމެހައި މަސައްކަތްތަކާއި، ކަށުކަމާކެމީގެ އެންމެހައި ކަންކަމާ ގުޅޭ އިދާރީ މަސައްކަތް ކުރުން.
  9. ފާހަގަކުރާ މުނާސަބަތާ ގުޅިގެން ހިންގާ ހަރާކަތް ރޭވުގައި އެހީތެވުމާއި އެފަދަ ހަރަކާތްތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  10. ރަށުގައި އުޅޭ ބިދޭސިންނާ ބެހޭ މަޢުލޫމާތު ލިޔެ ބެލެހެއްޓުން. 

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށައަޅުއްވާނީ 2015 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރީން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް 6560017)

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ސިވިލް ސާރވިސް ވަޒީފާއަށް އެދި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިއިދާރާއިންނާއި ސިވިލް ސާރވިސްގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު)
  3. ސިވިލް ސާރވިސް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާ އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރިޑެޓް ކޮށްފައިވާ ސެޓުފިކެޓު، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

   2015 ސެޕްޓެންބަރު 06 ވާ އާދީއްތަ ދުވަހާއި 2015 ސެޕްޓެންބަރު 14ވާ ހޯމަ ދުވަހާ ދެމެދު ތާރީޚެއްގައި މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓްލިސްޓް ކުރުން:

  މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ފޮއްދޫ ކައުންސިލް އިދާރާގެ ފޯން 6560016 ނުވަތަ 7558935 އާއެވެ. ފެކްސް: 6560017 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015