ދިވެހިރާއްޖެ
(IUL)403-A/403/2025/71:ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބުލިކް ވާރކްސް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ރިކުއަރމަންޓްތަކާ (މަސައްކަތުގެ ތަފްޞީލް) އެއްގޮތްވާ ގޮތުގެމަތިން ލ.މާމެންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ޤާބިލު ފާރާތެއް ހޯދަން ބޭނުންވެ، މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/56 (28 އޭޕްރީލް 2025) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް 2 ދެވަނަ ފަހަރަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
| ތަފްޞީލް | ދުވަސް | ތަން | |
| ބީލަމުގައި ރަޖިސްޓްރީވުން | 27 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން | ލ.މާމެންދޫ ކައުންސިލް އިދާރާ | |
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. | ||
| ބީލަން ހުށަހެޅުން | 16 ޖޫން 2025 (ހޯމަ) | 11:30 ގައި | ލ.މާމެންދޫ ކައުންސިލް އިދާރާ (މީޓިންގ ރޫމް) | 
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި
ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 21 މޭ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
22 ޛުލްޤަޢިދާ 1446ހ