ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)233-ADS/233/2015/20
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 22:07
ސުންގަޑި: 03 ސެޕްޓެންބަރު 2015 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ލޯންޗެއް ގަތުމަށް

މި ކައުންސިލަށް 12 މީހުންގެ ޖާގައިގެ އައު ފައިބަރ ލޯންޗެއް (އިންޖީނު ނުލައި) ގަތުމަށް ކުރި ނަންބަރު: IUL)233-ADS/233/2015/19) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތުން ހުށަހެޅި އަންދާސީހިސާބުގައި ވަނީ މިކައުންސިލުން ބޭނުންވާ ސައިޒަށްވުރެ ކުޑަ ލޯންޗަކަށްވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 7778179/ 9975936 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގައި މާކުސްދޭނެ ކަންތައްތައް:

#

ތަފުސީލު

މާކުސް (%)

1

ލޯންޗުގެ ޖުމުލައަގު: (ޖީ.އެސް.ޓީ/ އެހެން ކަމިޝަނެއް ވާނަމަ އަގުގެ ތެރެއިން ވަކިން އެބައި އެނގޭގޮތަށް)

50

2

މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާމަސައްކަތްތައް)

5

3

ފައިސާދައްކަން ހުށަހަޅާ ގޮތްތައް: (ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް)

15

4

މުއްދަތު: (މަސައްކަތްކޮށް ނިންމާ މުއްދަތު)

15

5

ވޮރަންޓީ (ވޮރަންޓީގެ މުއްދަތު)

15

 

100

ހުށަހަޅުއްވާ އަންދާސީހިސާބާއެކު ލޯންޗުގެ މިންތަކާއި ލޯންޗުގައި ހުންނާނެތަކެތީގެ ތަފުސީލު ހުށަހަޅަންވާނެ އެވެ. އަދި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އާއި، މާލީގޮތުން މިފަދަ މަސައްކަތެއް ކުރެވޭފަދަ ޤާބިލުކަން ހުރި ފަރާތެއްކަން އެނގޭނޭ ލިޔުމުގެ ކޮޕީ އާއި، ފަންނީ ޤާބިލުކަން ހުރި މިންވަރު އެނގޭނޭ (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތައް އެނގޭނޭ) ލިޔުމުގެ ކޮޕީގެ އިތުރުން ލޯންޗުގެ އެތެރެއާއި ބޭރުގެ ފޮޓޯ ހުށަހަޅަންވާނެ އެވެ. ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މަޢުލޫމާތު/ ލިޔުން ހުށަހަޅަންވާނެ އެވެ. ޕޮއިންޓްދެވޭނީ އެކަންކަމާ ގުޅޭ ލިޔުން ހުށަހެޅުމުންނެވެ.

ވީމާ، މި ކައުންސިލަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ބަނދެ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިއެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެ އެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. މިގޮތުން ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015