ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް ޣިޔާޘުއްދީނަށް ބޭނުންވާ ކާޕެޓް ގަންނަން ބޭނުންވެއްޖެއެވެ.
މިރަށު މަސްޖިދުލް ޣިޔާޘުއްދީނުގައި ކާޕެޓް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)321/321/2015/71) (ތާރީޚު:4 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 |
ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ، ހުށަހަޅުއްވާ އަގަށް %60 އަދި މުއްދަތަށް %30 އެވެ. ތަޖުރިބާއަށް % 10 އެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރިކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600006 ފޯނަށް ގުޅުއްވުން އެދެމެވެ.
11 ޛުލްޤަޢިދާ 1436