ކުއްޔަށް ހިފުން
ނަންބަރު: (IUL)342/INDIV/2025/53
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 26 މޭ 2025 00:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފް 12 ކްލާސްރޫމް އެންޑް މަލްޓިޕާޕަސްހޯލް ޕްރޮޖެކްޓަށް އެޕާޓްމަންޓްއެއް ހޯދުން:

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ކޮންސްޓްރަކްޝަން އޮފް 12 ކްލާސްރޫމް އެންޑް މަލްޓިޕާޕަސްހޯލް ޕްރޮޖެކްޓަށް އެޕާޓްމަންޓްއެއް ހޯދުން:

          އއ. މަތިވެރި ސްކޫލުގައި މާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓިޕާޕަސްހޯލުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ތިއްބެވުމަށް 3 ކޮޓަރިއާ، 3 ފާޚާނާ، ސިޓިންރޫމް، އަދި ބަދިގެއާ ކާތަން ހިމެނޭގޮތަށް ހުރި އެޕާޓްމަންޓެށް 2 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އެކުންފުނިން ބޭނުންވެއެވެ.

          މިހެންކަމުން އެޕާޓްމަންޓް ކުއްޔައްދިނުމަށް ބޭނުންވާ ފަރާތްތަކުން، ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުންއެދެމެވެ. އަދި ހުށަހަޅާއިރު ޢިމާރާތް ކުއްޔައްދޭނެ އަގާއި ޢިމާރާތުގެ މިންތަކާއި އަދި ބައިތަށް ވަކިވަކިން އެގޭގޮތަށް ފެންނަހުންނަ ފޮޓޯވެސް ހުށަހަޅުއްވަންވާނެއެވެ.

          ވީމާ، މިފަދަ ޢިމާރާތްތަށް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މެއި 2025ވާ އަންގާރަ ދުވަހުގެ 13:00 އަށް ސިޓީއަކުން ތަފްޞީލާއިއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަން ޖެހޭ ގަޑީގެ ފަހުން ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        23 ޛުއްޤައިދާ 1446

                         20 މޭ 2025        

20 މޭ 2025