ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2025-18
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2025
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 26 މޭ 2025 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - ބިއުރޯ

އިޢުލާން ނަންބަރު: ASND-HCM-IUL-2025-18

މަޤާމް: އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ބިއުރޯ

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތުގެ ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

       

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހަވާލުކުރެވޭ ލިޔެކިޔުންތައް ޑްރާފްޓްކޮށް، ރިވިއުކޮށް، އެޑިޓްކޮށް ބެލެހެއްޓުން.
  2. ހަވާލުކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް އެއްކޮށް، ބޭނުންވާ ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
  3. ހަވާލުކުރެވޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން
  4. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތް ކުރުން

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް:

- -/13،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 26 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މޭ 2025