ދިވެހިރާއްޖެ
ހދ. ފިނޭ ސްކޫލުގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު
ހދ. ފިނޭ ސްކޫލުގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު: IUL)226-F/PRIV/2015/22)ފ(2015-06-11) ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މިކައުންސިލުން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި އަދިި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ފިނޭ ސްކޫލްގެ ވަށާފާރު އަދި ސްޓާފްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މަޢުުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 15 ސެޕްޓެންބަރު 2015 ވާ ބުރާސް ދުވަހުގެ 10:30ށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
12 ޛުލްޤަޢިދާ 1436