މަސައްކަތް
ނަންބަރު: (IUL)56-CAS/1/2015/33
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:35
ސުންގަޑި: 06 ސެޕްޓެންބަރު 2015 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފޮތްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ޙާލަތު ބަލައި، ފަންގަސް ނުވަތަ ފަނި ހުރިނަމަ އެތަކެތި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓް ދިނުމާއި، އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރެއް ފެންނަން ހުރެއްޖެނަމަ އެތަނަކަށް ބޭނުންވާ ޓްރީޓްމަންޓްދީ އެއްއަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ފޮތްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)56-AD/1/2015/20)ފ(18.08.2015) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް)

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަންޕާކުގެ އިރުއުތުރު ކަންމަތި)

12 ޛުލްޤަޢިދާ 1436  

27 އޮގަސްޓް 2015