މަސައްކަތް
ނަންބަރު: (IUL)23-TRD/1/2015/230
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 15 ސެޕްޓެންބަރު 2015 15:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޓްރެއިނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުން

ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށްޓަކައި ޓްރޭނިންގ ރިކުއަރމަންޓެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު މިވަގުތު ރާއްޖޭގައި ތިއްބެވި މެޑިކަލް އޮފިސަރުން ސްޕެޝަލައިޒް ވުމަށް ޝައުޤުވެރިވާ ތިން ދާއިރާއެއް އިސްކަންދޭ ތަރުތީބުން ބަޔާން ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިމިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

  • ފުރިހަމަ ނަން
  • އެމް.ބީ.ބީ.އެސް ހާސިލު ކުރެއްވި ޔުނިވަރސިޓީ އަދި ޤައުމު
  • އެމް.ބީ.ބީ.އެސް ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތް ތާރީޚު
  • ވަޒީފާ އަދާކުރައްވާ އިންސްޓިޓިއުޓް
  • ސްޕެޝަލައިޒް ވުމަށް ޝައުޤުވެރިވާ ދާއިރާ (އިސްކަންދޭ ތަރުތީބުން)

11 ޛުލްޤަޢިދާ 1436

26 އޮގަސްޓް 2015