ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2025
ޕަބްލިޝްކުރި ގަޑި: 10:50
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
''ހައްދުންމަތީ ކަލައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު- 2024'' އަށް ގެނެވުނު (01 ވަނަ އިސްލާހް)

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 2025 ވަނައަހަރުގެ 15 ވަނަ ޢާއްމު ޖަލްސާއިން " ހައްދުންމަތީ ކަލައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވައިލާ ވިލަރެސް ކޮމިޓީއަށް އާންމުންގެ ތެރެއިން މެމްބަރުން ހޯދުމަށް 5 ފަހަރު އިޢުލާންކުރެވި ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެފައިނުވާތީއާއި އަދި ގޯތި ދޫކުރުމަށް ލަސްތަކެއް ދިމާވަމުންދާތީ ގޯތި ވިލަރެސް ކޮމެޓީއަށް އާންމުންގެ ބައި 1 މެމްބަރަކަށް ބަދަލުކޮށް ގޯތި ވިލަރެސް ކޮމެޓީއަށް ބަދަލު ގެނެސް އަލުން އެކުލަވައިލުމަށް ވަނީ ނިންމާފައެވެ.

         އެހެންކަމުން، ''ހައްދުންމަތީ ކަލައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު- 2024'' ގެ (3)  ވިލަރެސްކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ ނަންބަރު (ނ) ގެ (4) ހައްދުންމަތީ ކަލައިދޫގެ އާންމު ރައްޔިތުން ތަމްސީލު ކުރާ 1 (އެއް) މެންބަރުން އަށް ވަނީ އިސްލާހް ކުރެވިފައެވެ.

                 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ. 

19 މޭ 2025