ދިވެހިރާއްޖެ
އިޢުލާން
|
|||||||||
މި ސުކޫލުގައި ކުރިން ބޭނުންކުރި ހޯލު މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ މި ސުކޫލުގެ ކުރިން ބޭނުންކުރަމުންދިޔަ ހޯލުގެ ކުލާސްރޫމްތަކުގައި ފާރު ރާނައި ވަކިކުރުމަށް، މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މި މިސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS106/IUL/2025/08 އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި ހުށަހެޅުއްވި އަގު ބޮޑުކަމަށް ފެންނާތީ، މަތީގައި ދެންނެވިފައިވާ އިޢުލާނު ބާތިލުކޮށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ތިން ވަނަ ފަހަރަށް ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 22 ވާ (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6540554 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/Gv5rLscLhqGQiH9b8
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.
|