މަސައްކަތް
ނަންބަރު: (IUL)FAH-A/2015/8
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި:
03 ސެޕްޓެންބަރު 2015 13:00
ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ މައިއިމާރާތުގެ ޓިނު ބަދަލުކުރުން
މި ހޮސްޕިޓަލުގެ މައިއިމާރާތުގެ ޓިނުތައް ގިނަދުވަސްވެ ދަބަރުޖެހުމާއި ބައެއް ދިމަދިމާލުން ފޫވެއްޓި ފެންފައިބާތީ ފުރާޅުތަކުގެ ޓިނު ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2015 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2015 ސެޕްޓެންބަރު 13 ވަނަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
11 ޛުލްޤަޢިދާ 1436
26 އޮގަސްޓް 2015