ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/92
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 30 މޭ 2025 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Kazakhstan Government Scholarship for OIC Member States

Kazakhstan Government Scholarship for OIC Member States

 

ކަޒަކިސްތާންގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް އޯ.އައި.ސީ މެމްބަރު ޤަޢުމުތަކަށް ފުރުސަތުދެއްވާ ސްކޮލަރޝިޕްގެ 100 ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުން 30 މެއި 2025 ގެ ނިޔަލަށް ހުޅުވާލައްވާފައި ވާކަމަށް  ކަޒަކިސްތާންގެ ސަރުކާރުން ވަނީ އަންގަވާފައެވެ.    

 

ވީމާ، މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސްކޮލަރޝިޕާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ސާފުކުރުމަށްފަހު 30 މެއި 2025 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް  އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.  

 

މަޢުލޫމާތު:  https://bolashak.gov.kz/en/scholarship-program

އެޕްލައި ކުރުމަށް: https://studyin.kz/admission

 

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

18 މޭ 2025