ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2015/142
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 08 ސެޕްޓެންބަރު 2015 14:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ފިޒިއޮތެރަޕީ އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް ސެކްޝަން

ރިހިބިލިޓޭޝަން އެންޑް ޑައިގްނޯސްޓިކް ޑިޕާޓްމަންޓް، ފިޒިއޮތެރަޕީ ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަލިމީހުންނަށް އެހީތެރިވެދިނުމާއި ފިޒިއޮތެރަޕިސްޓުންނަށް އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  • އޮފީސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ރިލޭޝަންސް ނުވަތަ ކަސްޓަމަރ ކެއަރ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އޮފީސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ރިލޭޝަންސް ނުވަތަ ކަސްޓަމަރ ކެއަރ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،    
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރު ބެލެވޭނެއެވެ.)

  (މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ސްޓޯރ އެންޑް ސަޕްލައިސް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮފީސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • މުދާ ގުދަނުގައި ޖެހުން.
  • ސްޓޯރުުން މުދާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.
  • ސިޓީ، ނޯޓް ފަދަ ތަކެތި އެއްސެކްޝަނުން އަނެއް ސެކްޝަނަށް ގެނެސް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

  • ސްޓޯރުގެ މަސައްކަތް ކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • ލިޔަން ކިޔަން ދަތުމާއެކު، ސްޓޯރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަންއެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރު ބެލެވޭނެއެވެ.)

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)   

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ  ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި ސްކޫލް ލީވިންސެޓްފިކެޓްގެ ކޮޕީ
  4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  9. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުމުގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)
  11. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްއިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

31 އޮގަސްޓް 2015 ވާ ހޯމަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހުގެ 14:30އަށް

ސުންގަޑި

08 ސެޕްޓެންބަރު 2015 ވާ އަންގާރަަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 08 ސެޕްޓެންބަރު 2015 އަންގާރަ ދުވަހުގެ 14:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335343، 3335234 އެވެ.

26 އޮގަސްޓް 2015