| ވަޒީފާގެ ފުރުސަތު | 
| މަޤާމް: | ސީނިއަރ ކައުންސިލް އޮފިސަރ | 
| މަޤާމުގެ ނަންބަރު: | J-412834 | 
| ބޭނުންވާ ޢަދަދު: | 1 (އެކެއް) | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | އެމް.އެސް 2 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސީނިއަރ އޮފިސަރ ގްރޭޑް 2 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓް / ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަން/ އައްޑޫސިޓީ ކައުންސިލްގެ އިދާރާ | 
| މުސާރަ: | 6295.00
 | 
| ސަރވިސް އެލަވަންސް: | 2000.00 | 
| އެހެނިހެން އެލަވަންސް: | 
ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 ރުފިޔާސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.ކައުންސިލްގެ ނިންމުންތަކާ ގުޅިގެން ޕްރޮޖެކްޓް ސެކްޝަނަށް އަންނަ މައްސަލަތަކަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް، އެނިންމުންތަކުގެ އަޕްޑޭޓް ބެލެހެއްޓުންހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓްތައް ބެލެހެއްޓުމާއި ލިޔެކިއުން ތައްޔާރުކުރުމާއި ޕްރޮޖެކްޓް މޮނިޓަރކޮށް ބެލެހެއްޓުން.ބީއޯކިއު ޗެކުކުރުމާއި މަޝްރޫޢުތަކުގެ ޑްރޯވިން އާއި އެއްގޮތްވާގޮތުގެ މަތިން ޕްރޮޖެކްޓްގެ މައުލޫމާތު ޝީޓް ތައް ތައްޔާރުކުރުން.ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް އެހީތެރިވެދިނުމާއި އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި ކޯރޑިނޭޓްކުރުން އަދި ޕްރޮޖެކްޓް ގެ މަސައްކަތްކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި ޢަމަލީ ގޮތުން ސައިޓްތަކަށް ޒިޔާރަތްކޮށް އެއްބަސްވުމާއި އެއްގޮތަށްތޯ މަސައްކަތް ހިގަމުންދޭތޯ ބެލުން.އައްޑޫސިޓީގައި އަލަށް ހަދަންޖެހޭ މަގުތައް ހެދުމާއި، ވެލިމަގުތަކާއި ތާރުމަގުތައް މަރާމާތުކުރުމާއި، މަގުތަކުގެ ކާނުތަކާއި ސޯކްޕިޓްތަކަށް ދިމާވާ މައްސަލަތަކަށް ހައްލުހޯދައިދިނުމަށް ކަމާއިބެހޭ މިނިސްޓްރީތަކަށް އަންގަންޖެހޭ އެނެގުންތައް ކައުންސިލުން ދެއްވާ އިރުޝާދާއެކު އެ މަސައްކަތް ހިންގާ ބެލެހެއްޓުން.އައްޑޫސިޓީގައި އަލަށް ހަދަންޖެހޭ މަގުތައް ހެދުމާއި މަގު މަރާމާތުކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.މަސައްކަތާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ސިޓީ އަދި މެއިލްތަކަށް ޖަވާބު ދިނުން އަދި ރިކޯޑް ބެލެހެއްޓުން.ޕްރޮޖެކްޓް މެނޭޖްމަންޓް ޓޫލްސްތައް ބޭނުންކޮށްގެން ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ބެލުމާއި ސްޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރާ ރިޕޯޓްތައް ފޮނުވުން.ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި އެ މައުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމާއި މަސައްކަތަށް ބޭނުންވާ ތަކެތި އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ މަސައްކަތް ކުރުން.ޕްރޮޖެކްޓް ކޯޑިނޭޝަން ބައްދަލުވުން ހަމަޖައްސާ ކޮންޓްރެކްޓަރުންނާއި ބައްދަލުކޮށް ޕްރޮޖެކްޓްތަކުގެ ހިންގުން އަވަސްކުރުމަށް މަސައްކަތް ކުރުންކައުންސިލުން ނެރެންޖެހޭ ރިޕޯރޓްތައް ނެރުމަށް ކައުންސިލް ޕްލޭނިންގ ސެކްޝަނަށް ދޭންޖެހޭ އެހީތެރިކަން ދިނުންކައުންސިލުން ބާއްވަންޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ޕްލޭނިންގ ސެކްޝަނަށް ދޭންޖެހޭ އެހީތެރިކަން ދިނުން.ޙަވާލުކުރެވިފައިވާ މަސައްކަތާއިގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.ކައުންސިލްގެ މަސައްކަތާއި ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.ކައުންސިލްއިދާރާގެ މަސައްކަތްތަކުގެތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން.ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް އިވެލުއޭޝަންއަށް ބޭނުންވާ މަސައްކަތްތައް ކުރުން.ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ނުވަތަ ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލާއި ހަވާލުކޮށްގެން ކުރަމުންގެންދާ މަސައްކަތްތައް ކޮންޓްރެކްޓަރ ކުރަމުންގެންދަނީ އެއްބަސްވުމާއި އެއްގޮތަށް، ކަނޑައެޅިފައިވާ ސްޕެސިފިކޭޝަންގައިވާ ގޮތަށްކަން ކަށަވަރުކުރުން، ސައިޓްލޮގް ރަގަޅަށް ބެލެހެއްއްޓުން، ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް އެއްބަސްވުމާއި ޚިލާފަށްކުރިޔަށް ގެންދާނަމަ ސުޕަވައިޒަރަށް އަންގާ ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ލިޔުންތައް ތައްޔާރުކުރުމާއި ޓެކްނިކަލް ލަފާ ހޯދައި އެފަރާތަކަށް އޮންނަ އުސޫލުގެ ތެރެއިން ދިނުމާއި މިފަދަ ކަންކަމުގައި ކޮންޓްރެކްޓަރުން އެއްބަސްވުމާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަން ރެކޯޑްކޮށް ބެލެހެއްޓުން، އަދި މަސައްކަތާއި ގުޅިގެން ދެފަރާތުގެ މެދުގައި ހިނގާ ހުރިހާ މުޢާމަލާތެއް ލިޔެކިއުން ތައްޔާރުކުރުން.ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތުގެ އިންވޮއިސްތައް ލިބުމުން އެމަސައްކަތްތައް އިންސްޕެކްޝަން ރިޕޯޓް ތައްޔާރުކުރުމާއި އިންޓްރިމް ބިލް ތައްޔާރުކުރުން.ސެކްޝަން ގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އޮފީސް މަސައްކަތް ކުރުންކައުންސިލުން ނެރެންޖެހޭ ރިޕޯރޓްތަކާއި ކައުންސިލުން ބާއްވަންޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ދޭންޖެހޭ އެހީތެރިކަން ދިނުން | 
| މަޤާމުގެ ޝަރުތުތައް: | 
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. | 
| ގުޅޭ ވަޒީފާގެ ދާއިރާ: | 
އެޑްމިނިސްޓްރޭޝަންމެނޭޖްމަންޓް | 
| ތަޢުލީމީ ރޮނގުތައް: (ޕްރިފަރޑް) | 
އެކައުންޓިންގއެޑްމިނިސްޓްރޭޝަންއެގްރިކަލްޗަރަލް ސައިންސްއެންތްރޯޕޮލޮޖީއާކިޓެކްޗަރބިޒްނަސްބިޒްނަސް އެޑްމިނިސްޓްރޭޝަންބިޒްނަސް މެނޭޖްމަންޓްސިވިލް އިންޖިނިއަރިންގކޮމާސްކޮމިޔުނިޓީ ޑިވެލޮޕްމަންޓްކޮމްޕިއުޓަރ ސައިންސްކައުންސިލް އެޑްމިނިސްޓްރޭޝަންކަލްޗަރ އެންޑް ހެރިޓޭޖްޑިމޮގްރަފީޑިވެލޮޕްމަންޓް ސްޓަޑީޒްއިކޮނޮމިކްސްއެޑިއުކޭޝަންއެންވަޔަރަންމެންޓަލް ސައިންސްފައިނޭންސްގަވަރނަންސްގަވަރނަންސް އެންޑް ޑިވެލޮޕްމަންޓްހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްހިއުމަން ރިސޯސްއިންފޮމޭޝަން ޓެކްނޮލޮޖީ | 
އިންޓަނޭޝަނަލް ރިލޭޝަންސްލޯލީޑަރޝިޕްލައިބްރަރީ ސައިންސްލޯކަލް ގަވަރނަންސްމެނޭޖްމަންޓްމެރިން ސައިންސްމާކެޓިންގއޮފީސް އެޑްމިނިސްޓްރޭޝަންޕޮލިސީ ސްޓަޑިޒްޕޮލިޓިކަލް ސައިންސްޕްރޮޖެކްޓު މެނޭޖުމަންޓުޕަބްލިކް އެޑްމިނިސްޓްރޭޝަންޕަބްލިކް މޭނޭޖްމަންޓްޕަބްލިކް ޕޮލިސީޕަބްލިކް ރިލޭޝަންސްޝަރީޢާ އެންޑް ލޯސޯޝަލް ސައިންސްސޯޝަލް ވޯރކްސޯޝިއޮލޮޖީސްޕޯޓްސް މެނޭޖްމަންޓްސްޓެޓިސްޓިކްސްސްޓްރަކްޗަރަލް އިންޖިނިއަރިންގސަސްޓެއިނަބްލް ޑިވެލޮޕްމަންޓްއަރބަން ޕްލޭނިންގއާބަން ސްޓަޑީޒް | 
| ހުށަހަޅަންޖެހޭ ލިޔުންތައް:         | 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި އިދާރާގެ ވެބްސައިޓުން (http://adducity.gov.mv/uploads/1625028023.pdf) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 (ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
 | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
އަސާސީ ޝަރުތު ހަމަވުން – %30އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - %5އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) – %20އިންޓަރވިއު - %35 ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މޭ 25 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2025 މޭ 26 އާއި 2025 ޖޫން 25 އާ ދެމެދުގައެވެ. އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް  "(A2 ޝީޓް)"  އާންމުކުރުން: | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | 
| 20 ޛުލްޤަޢިދާ 1446 18 މޭ 2025 |