ވަޒީފާގެ ފުރުޞަތު
ނަންބަރު: A7SM(IUL)/2015/18
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 09 ސެޕްޓެންބަރު 2015 14:30
އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތަރުޖަމާނު

މި މަރުކަޒަށް ތަރުޖަމާނެއްގެ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

ތަރުޖަމާނު

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:އޮފިސަރގްރޭޑް 1

ރޭންކް: ޖީއެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަނާއި ރަށް

އިހަވަންދޫ ޞިއްޙީމަރުކަޒު

ޑިވިޜަން/ ސެކްޝަން: އެޑްމިން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށާއި، މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ދިވެހިބަސް އިނގިރޭސިބަހަށް، އިނގިރޭސިބަސް، ދިވެހިބަހަށް ތަރުޖަމާކޮށްދިނުން.
  • ބަލިމީހުންނަށް އެހީތެރިވެ، ބަލިމީހުންނަށް ޚިދުމަތުގެ މަގުދައްކައިދިނުން.
  • އާސަންދައިގެދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައްދިނުން.
  • ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެދުވަހަކުވެސް ހަމަކޮށްދިނުން.
  • ކޮންސަލްޓޭޝަންރޫމުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ކޮންސަލްޓޭޝަންރޫމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށްފައި ބެހެއްޓުން.
  • ކޮންސަލްޓޭޝަން ރެޖިސްޓަރ ގަވާއިދުން ބެލެހެއްޓުން.
  • މެޑިކަލް ރެކޯރޑްތައް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.
  • މީގެއިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ މަސައްކަތްކުރުން (އޮފީސް މަސައްކަތް)

އަސާސީ ޝަރުޠު

  1. ހިއުމަން ރިސޯސް މެނޭޖުމެންޓް، ހެލްތް ސަރވިސް މެނޭޖުމެންޓް، ބިޒްނަސް މެނޭޖުމެންޓް، އެމްޕުލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭވިންގ އެންޑް ޑިވެލޮޕްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖުމެންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖުމެންޓް، ހެލްތް ސަރވިސް މެނޭޖުމެންޓް، ބިޒްނަސް މެނޭޖުމެންޓް، އެމްޕުލޯއިމެންޓް ލޯ، ޕްބްލިކް ރިލޭޝަން،ޓްރޭވިންގ އެންޑް ޑިވެލޮޕްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖުމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާތަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ހއ.އިހަވަންދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚު

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ހއ.އިހަވަންދޫ ޞިއްޙީމަރުކަޒުގައި.

އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މަރުކަޒުގެ ނަންބަރު: 6500501 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

31 އޮގަސްޓް 2015