|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ގެނައުމަށް ބޭނުންވާ ވައުޗަރާއި ސަޕޯޓިންގ ޑޮކިޔުމެންޓް ތައްޔާރުކޮށް ހުށަހެޅުން.
- ކޮންމެ މަހެއް ނިމުމުން ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗަރ ރިޕޯޓު ހޯދާ ބަޖެޓް (ސަރުކާރުންދޭ އެހީ) ބާކީ ކުރަމުން ގެންދިޔުން.
- ސަރުކާރުންދޭ ބަޖެޓްގެ ޚަރަދު ރިޕޯޓު ހަދައި ފޮނުވުން.
- ބަޖެޓްގެ އެއްބައިން އަނެއްބަޔަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި ބަޖެޓް ކޮންޓްރޯލް ހަދައި ފިނޭންސަށް ހުށަހެޅުން.
- 03 ނަންބަރު އެކައުންޓް ބާކީކުރުން.
- 03 ނަންބަރު އެކައުންޓްގެ އައިޓަމްތައް ބާކީކުރުން.
- 03 ނަންބަރު އެކައުންޓގެ ޚަރދު ވައުޗަރ ހެދުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެފައިސާ ދެއްކުން.
- 03 ނަންބަރު އެކައުންޓްގެ ވައުޗަރ ރަޖިސްޓަރީއާއި ޗެކު ރަޖިސްޓަރީ ބެލެހެއްޓުން.
- 03 ނަންބަރު އެކައުންޓްގެ ރިޕޯޓު ހަދައި ރިކޮންސައިލް ކުރުން
|
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނު
- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
|
|
އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާން ކުރުން.
|
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ވަޒީފާ އަދާކުރި ނުވަތަ އަދާކުރާ އޮފީހަކުން ދޫކޮށްފައިވާ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
|
|
ސުންގަޑި
|
03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން މިއިދާރާއަށް
|
|
އިތުރު މަޢުލޫމާތު
|
ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800713 ނަންބަރު ފޯނާއެވެ.
|