ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/052
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 01 ޖޫން 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރި ކުލަބުހައުސް ރޫފިން ކެނޮޕީ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނ.ކުޑަފަރީ ކުލަބުހައުސްގެ ރޫފިން ކެނޮޕީގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 މޭ 22 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.

  1. ސްކިމެޓީކް ޑްރޯވިންގސް

ލިންކް: https://shorturl.at/s63KT

  1. ކޮންސްޓްރަކްޝަން މެތޮޑޮލޮޖީ

ލިންކް: https://shorturl.at/HVDTZ

ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/uY7Og

މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2025 މޭ 22 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.  މައުލޫމާތު ބައްދަލުވުމަށްފަހު 2025 ޖޫން 1 ވާ އަދީއްތަ ދުވަހު މެންދުރު 12:00 ހަމައަށް ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް [email protected] ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.

މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 001ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2025 މޭ 25 ވާ ޢާދީއްތަ ދުވަހުން ފެށިގެން 2025 މޭ 29 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާއިން ފޮތް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ. 

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ޖޫން 01 ވާ އާދީއްތަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ.  އެއްވަސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަސްދު ދުވަހެއް ކަމުގައި ކަނޑައަޅާފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

 

15 މޭ 2025