މަސައްކަތް
ނަންބަރު: (IUL)363-PRJ/363/2025/19
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 25 މޭ 2025 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގެ ބްލޮކްތައް ރާނާ ވަކިކޮށް ބެޑްހެދުން

އިޢުލާން

 

ބަނދަރުމަތީގެ ބްލޮކްތައް ރާނާ ވަކިކުރުން

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ބަނދަރުމަތީގެ ބްކޮލްތަށް ރާނައިގެން ވަކިކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޙް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި:

19 މެއި 2025

ހޯމަ

13:00

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން:

25 މެއި 2025

އާދީއްތަ

13:00

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/uCyE3RMfQx
  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ. ރަޖިސްޓްރީވެވުނުކަން ކަށަވަރު ކުރުމަށް ނަމްބަރ 9862202 ފޯނާއި ގުޅުއްވުން އެދެމެވެ.
  2. ބީލަން ތައްޔާރުކުރަންވާނީ މި ކައުންސިލުން ހޯދަން ބޭނުންވާ ފެންވަރާގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ  އީމެއިލް ކުރާނީ 20 މެއި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ބީލަމުގައި ރަޖިސްޓްރީވުމުން ބީލަންފޮތް އެފަރާތުން ދެއްވާފައިވާ އީމެއިލަށް ފޮނުވޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035 – 9909988 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

15 މޭ 2025