ކުއްޔަށް ހިފުން
ނަންބަރު: H5-SM/2025/004(IUL)
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 22 މޭ 2025 12:00
މާލެއަތޮޅު ހުރާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހުރާ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް

           

ހުރާ ސިއްޙީމަރުކަޒު

  ކ.ހުރާ، ދިވެހިރާއްޖެ                  

                                                      ނަމްބަރ: H5-SM/2025/004(IUL)

އިޢުލާން

    ހުރާ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް                     

          މިމަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ކޮޓަރިއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.  ވީމާ، މިފަދަ ކޮޓަރިއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މަރުކަޒުގެ އީ-މެއިލް [email protected] ށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިމަރުކަޒުގެ އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  

          ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ.

          ބީލަން ހުޅުވުން އޮންނާނީ 25 މެއި 2025 ވާ އާދީއްތަ ދުވަހުގެ 12:00ގައި މިމަރުކަޒުގެ އެޑްމިން ބައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

          ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

           އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6640412 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                             17 ޛުލްޤައިދާ 1446 

                             15   މެއި  2025  

15 މޭ 2025