ދިވެހިރާއްޖެ
މިކޯޓުގެ ކޯޓުރޫމްގައި އަމިއްލަ ތަކެތީގައި ފްލޯ ކާޕެޓް އަޅިދޭނެ ފަރާތެއް ހޯދުން
މިކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް މިކޯޓުގެ، ކޯޓު ރޫމްގައި އަމިއްލަތަކެތީގައި ފްލޯ ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ކާޕެޓް އަޅަންޖެހޭ ތަނުގެ ބޮޑުމިނަކީ ދިގުމިނުގައި 18 ފޫޓް 4 އިންޗި އަދި ފުޅާމިނުގައި 11 ފޫޓް 1 އިންޗި އެވެ.
ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 މޭ 2025 ގެ 14:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ނުވަތަ ނަންބަރު: 6521679 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2025 ގެ 10:00 އަށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ކޯޓުގެ އީމެއިލް އެޑްރެސް: [email protected] އަށް ކޯޓޭޝަން އީމެއިލްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ޛުލްޤަޢިދާ 1446 ހ
15 މޭ 2025 މ