ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުޅުދޫ އަވަށު އޮފީހުން މަސްރޭހެއް 09 ޖޫން 2025 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިމިވަނީއެވެ.
(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000 ރުފިޔާ
(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000 ރުފިޔާ
(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 2000 ރުފިޔާ
(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 1000 ރުފިޔާ
(ބ) މުބާރާތުގައި އެންމެ ބަރު މަސް ބޭނި މަސްވެރިޔާ – 1000 ރުފިޔާ
މި މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ބައިވެރިވާ ޓީމުގެ ނަމާއި، ޓީމުގެ ކެޕްޓަން، ޓީމުގެ ބައިވެރިން އަދި ގުޅޭނެ ނަންބަރ ވައިބަރ ކޮށް ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ.
16 ޒުލްޤަޢިދާ 1445
14 މޭ 2024