ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2015/49
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 10 ސެޕްޓެންބަރު 2015 14:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ ސްޓޭޓްމަންޓް އޮފް އެންޓްރީ، 2015 އޮގަސްޓު 31 އިން ސެޕްޓެންބަރު 10 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅުއްވާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1430 އަށެވެ. މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ޙަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2015 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 1300ގެ ކުރިން ލިއުމަކުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

                       16 ޛުލްޤަޢިދާ 1436  

31 އޮގަސްޓް 2015