ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-6B/426/2025/316
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 17:28
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ އީދިސަމާ 1446" ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ފޮޓޯ މުބާރާތް

އިޢުލާން

"އައްޑޫ އީދިސަމާ 1446" ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ފޮޓޯ މުބާރާތް

1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުޅުދޫ އަވަށު އޮފީހުން އައްޑޫސިޓީގެ ރައްޔިތުންނަށާއި ހުޅުދޫއަށް ޒިޔާރަތްކުރާ ހުރިހާ ބޭފުޅުންނަށް ބައިވެރިވާނެހެން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

05 ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އެންމެ ގިނަ ލައިކްސް ލިބޭ ފަރާތުގެ ފޮޓޯއަށް 500 ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.


މުބާރާތުގައި ބައިވެރިވުމުގެ އުސޫލު:

  1. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށްވެސް ކޮންމެ ދުވަހަކު ހުށަހެޅޭނީ 1 (އެކެއް) ފޮޓޯއެވެ.
  2. މުބާރާތުގައި ބައިވެރިވުމަށް ހުޅުދޫގައި ޢީދު ފާހަނގަ ކުރާމަންޒަރު ދައްކުވައިދޭ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުމަށްފަހު #hulhudhooavashuoffice #Addueidsama1446hulhudhoo މި ހޭޝްޓެގްތައް ބޭނުންކުރަންވާނެއެވެ
  3. މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ސޯޝަލް މީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް ބަލައިގެންނެވެ. 
  4. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އީދި ނިންމުމަށް ބާއްވާ ހަފްލާގައެވެ.

                               16 ޒުލްޤަޢިދާ 1445

                               14   މޭ   2024

14 މޭ 2025