ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުޅުދޫ އަވަށު އޮފީހުން ހުޅުދޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީވެރިން އަދި ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ރަށުގައި އުފައްދާ ކާބޯތަކެއްޗާއި، އެހެނިހެން ތަފާތު އުފެއްދުންތަކަށް ހާއްޞަކޮށްގެން އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ޖޫން 2025 ވަނަ ދުވަހުގެ ރޭގަނޑު 20:00 ން 23:00 އަށެވެ.
މި އެކްސްޕޯ ބޭއްވުމުގެ މަޤްޞަދަކީ އިޤްތިޞާދުގެ ހިއްސާދާރުންގެ މަސައްކަތްތައް ބަލައިގަނެ، އެފަދަ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދާދިނުމަށް މަސައްކަތްކުރުމާއި، އެންމެކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން އުފައްދާ ބާވަތްތަކާއި، ގެވެށި މަސައްކަތްތެރިންގެ ހުނަރާއި، އެހެނިހެން ދާއިރާތަކުގެ ފަންނުވެރިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.
ވީމާ، މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ވައިބަރ ކޮށް ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ.
16 ޒުލްޤަޢިދާ 1445
14 މޭ 2024