ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2025/92
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 16:53
ސުންގަޑި: 15 ޖޫން 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި ގަވާއިދާ ޚިލާފަށް ބިން ބޭނުންކުރުމާބެހޭ

މިރަށުގެ އެކި ސަރަޙައްދުތަކުން ވިޔަފާރީގެ ބޭނުމަށް ބިން ދޫކުރުމަށް ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ނަމަވެސް ޒަމާނުއްސުރެ ރަށުގެ އެކި ސަރަހައްދުތައް ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ ކަމީ ރަށުގެ ބޮޑު އިޖްތިމާޢީ މައްސަލައެކެވެ. ރަށުގެ ހުސް ބިންތައް ކައުންސިލްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި ބިން ދޫކުރުމަށް ޖަހާފައިވާ އެކި ސަރަހައްދުތަކުގައްޔާއި އަދި މިނޫންވެސް ބިންތައް ޤަވާޢިދާ ޚިލާފަށް ބޭނުން ކުރުން ހުއްޓާލުމަށް ދަންނަވަމެވެ.

ޤަވާޢިދާ ޚިލާފަށް ބިން ބޭނުން ކުރަމުންދާ ފަރާތްތަކުން އެފަދަ ތަންތަނުގައިވާ އެންމެހާ ތަކެތި އެ ބިންތަކުން 30 ދުވަހުގެ ތެރޭގައި ހުސްކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފިނަމަ، ޤާނުނީ އިޖުރާޢަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

14 މޭ 2025