މަސައްކަތް
ނަންބަރު: (IUL)454/454/2015/6
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 06 ސެޕްޓެންބަރު 2015 10:00
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު
ދިވެހިރާއްޖެ
ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު

ތިރީގައި ބަޔާންކުރެވިފައިވާ ކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު

ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި 6 ޔުޓިލިޓީޒް އުވާލުމަށް ސަރުކާރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ދެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ކުރެވުނު އިޢުލާނު IUL)454/454/2015/5) ނަންބަރާ ގުޅިގެން މިމަސައްކަތުގެ ބިޑް ހުޅުވުމަށް ވަޑައިގެންނެވީ އެއްފަރާތަކުން ކަމުގައިވާތީ މިއިޢުލާނު ބާޠިލުކޮށް، މިކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަންނަނިވި ލިސްޓުގައިވާ ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 06 ސެޕްޓެންބަރު 2015ވާ އާދީއްތަ ދުވަހުގެ 10.00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އައު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. ޕްރޮޕޯޒަލް ހުށަހެޅޭ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޑް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 17 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 15:00 ގައެވެ. އަދި  މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އަށް އިތުރު ބަދަލެއް ގެނުވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.

ލިކުއިޑޭޓް ކުރުމަށް ބޭނުންވާ ކުންފުނިތަކުގެ ލިސްޓު

  1. މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑް
  2. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް
  3. ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
  4. ނޯދަން ޔުޓިލިޓީޒް ލިމިޓެޑް
  5. ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
  6. ސަދަން ޔުޓިލިޓީޒް ލިމިޓެޑް
  7. އަޕަރ ނޯތު ޔުޓިލޓީޒް ލިމިޓެޑް
  8. އަޕަރ ސައުތު ޔުޓިލިޓީޒް ލިމިޓެޑް

16 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015