ބީލަން
ނަންބަރު: (IUL)248-PRU/248/2025/38
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 22 މޭ 2025 23:59
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ބަނދަރު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބަނދަރު އޮފީހެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ހއ. އިހަވަންދޫ ބަނދަރު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބަނދަރު އޮފީހެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ އޭ 4 ސައިޒް ސިޓީ އުރައެއްގައި ބަންދުކޮށް " ހއ. އިހަވަންދޫގައި ބަނދަރު އޮފީހެއް ޤާއިމުރުން" މިހެން ލިޔެފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުމުގެ ސުންގަޑި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

22 މޭ 2025

23:59 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދީއްތަ

25 މޭ 2025

11:30 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                            16 ދުލްޤައިދާ 1446

14 މޭ 2025