ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/131
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 21 މޭ 2025 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން.

ފުވައްމުލަކު ދޫނޑިގަން އަވަށު މަސްޖިދުލް އިޖާބާގެ އިރުދެކުނުން އޮތް ހުސްބިމުގައި     01 ން 26 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2025 މޭ 21 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ސިޓީ ޕްލޭނިން އެންޑް ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

14 މޭ 2025