ދިވެހިރާއްޖެ
އިޢުލާން
ވިޔަފާރި ބިން ކުއްޔަށް ދޫކުރުން
ލ.ހިތަދޫ އިން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިފާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން |
15 މެއި 2025 އިން 27 މެއި 2025 އަށް (ރަސްމީ ގަޑިތަކުގަ) |
ބީލަމުގައި ރަޖިސްޓްރީ ވުމަށް، އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީ، ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، އީމެއިލް އަދި ގުޅޭނެ ފޯންނަނބަރު ބޭނުންވާނެއެވެ. (ބީލަމުގައި ރަޖިސްޓްރީވުމުން ބިޑް ޑޮކިއުމަންޓް ،އީމެއިލަށް ފޮނުވޭނެއެވެ) |
|
ބީލަން ފޮތް ވިއްކާ އަގު: -/1000 ( އެއްހާސް ރުފިޔާ) |
|
އެކައުންޓް ނަންބަރ:7707700337001 (1455 Revenue 1) ވައިބަރ ނަންބަރ:9323393 (ނޯޓް: ފައިސާ ޖަމާކުރާއިރު ރިފަރެންސްގައި " ބީލަމުގައި ރަޖިސްޓްރީ ވުމަށް" ލިޔުއްވުން އެދެމެވެ) |
|
ބީލަން ހުށަހެޅުން |
2025 މެއި 29 ވަނަ ދުވަހުގެ 13:00 ގައި ލ.ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީވެފަ ނުވާފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. ބީލަމާގުޅޭ އިތުރު މަޢުލޫމާތު ބީލަންފޮތުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު: 6800803 /[email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ذُوالقَعِدَة 1446
14 މެއި 2025