ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340/340/2015/48
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 10 ސެޕްޓެންބަރު 2015 15:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫގެ ބައެއް އިޖުތިމާޢީ ސަރަޙައްދުތަކާއި، އަތިރިމަތީގައި ބަހައްޓާފައިހުރި ބައެއް ތަކެތީގެ ވެރިފަރާތެއް ހޯދައި އެތަކެތި އެތަންތަނުން ނެގުމާބެހޭ.

ރަސްދޫ ކަނދުގަސްފަންނު މަގުގެ އިރުމަތީކޮޅު އަތިރިމަތީގައި ބާއްވާފައިއޮތް ކުޑަ ހައިމާކް ( އެކްސްކަވޭޓަރ )، މިރަށު މޯނިންވިލާ ގޯތީގެ އުތުރުފަރާތުން މި ގޯތީގެ ސަރަޙައްދު ފާރު ކައިރި މަގުމަތީގައި ބަހައްޓާފައިހުރި އިންޖީން ( ދޯންޏެއްގައިއަޅައި ނަގާފައިހުރި އިންޖީން ) މި ތަކެތީގެ ވެރި ފަރާތެއް ވާނަމަ 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 3.00 ގެ ކުރިން ލިއުމަކުން މިކަން މި އިދާރާއަށް އަންގަވައިދެއްވައި މި އިދާރާއިން އަންގާ ގޮތެއްގެމަތިން މިތަކެތި މިތަނުން ނަގައި ނިންމުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ 6660714 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލްކުރައްވާނަމަ: [email protected] އަށް މެއިލް ކުރެއްވުން އެދެން.

11 ޛުލްޤަޢިދާ 1436

26 އޮގަސްޓް 2015