ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-PN/312/2015/57
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި:
15 ސެޕްޓެންބަރު 2015 15:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެއްލިގެން ހޯދާ ރަޖިސްޓަރީއާބެހޭ
ތިރީގައި މިދަންނަވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީތަކަކީ ގެއްލިގެން އަލުން ހައްދައިދިނުން އެދި މިކައުންސިލަށް ހުށަހެޅިފައިވާ ރަޖިސްޓަރީތަކެކެވެ.
ވީމާ މިރަޖިސްޓަރީތަކާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 2015 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
- މިރަށު ބަގީޗާގެއަށް ހަދައިދެވިފައިވާ 24 ނަންބަރު އިމާރާތާއި ގޯތީގެ ރަޖިސްޓަރީ.
- މިރަށު ފޮނިފޮނިމާގެއަށް ހަދައިދެވިފައިވާ 31 ނަންބަރު އިމާރާތާއި ގޯތީގެ ރަޖިސްޓަރީ.
- މިރަށު މޫސުމްބަހާރުއަށް ހަދައިދެވިފައިވާ R-2/97/03 (ތާރީޚު: 1 ފެބުރުވަރީ 1997) ނަންބަރު އިމާރާތާއި ގޯތީގެ ރަޖިސްޓަރީ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 ޛުލްޤަޢިދާ 1436
27 އޮގަސްޓް 2015