ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (އ)، (ވ) އަދި (ހކ) ގެ ދަށުން ކައުންސިލަށް ލިބިދޭ މަސްއޫލިއްޔަތުތަކާއި ބާރުގެ ދަށުން، އަދި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ޤަވާއިދު ނަންބަރ: 2018/R-69) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 6 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށުގެ ރައްޔިތުން ނުވަތަ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ބޭނުމަށް، ބިން ދޫކުރުމާއި ބިން ވަކިކުރުމާއި ބިންތައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލް: (DIR)286-CB/286/2025/3 އާއި އެއްގޮތަށް ކެނދިކުޅުދޫން ކަނޑައެޅިފައިވާ ސަރަހައްދުން ބިން ދޫކުރުމަށް ހުޅުވާލަމެވެ.
އެގޮތުން, މި އުސޫލާއިއެއްގޮތަށް ބިން ދޫ ކުރުމުގެ ތަފްސީލް ތިރީގައި އެވަނީއެވެ:
| 
 ބިމުގެ އަދަދު:  | 
 22  | 
| 
 ބިމުގެ ބޮޑުމިން  | 
 1500 (އަކަ ފޫޓް)  | 
| 
 ބިމުގައި އިމާރާތް ކުރެވޭނެ ސަރަހައްދު  | 
 1200 (އަކަ ފޫޓް)  | 
| 
 ކުރިމަތިލެވޭނެ ފަރާތްތަށް  | 
 ކެނދިކުޅުދޫގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްގެ 100 އިންސައްތަ ހިއްސާ އޮންނަ ވިޔަފާރިއެއް ކަމުގައިވުން.  | 
| 
 ބިން ކުއްޔަށް ދޫކުރާ އެންމެ ދިގު މުއްދަތު  | 
 މީލާދީ 35 އަހަރު  | 
| 
 ބިމުކުލީގެ ގޮތުގައި ހުޝަހެޅޭނެ އެންމެ ކުޑަ އަގު  | 
 އަކަފޫޓަކަށް 48 ލާރި  | 
| 
 ބިޑް ރެޖިސްޓްރޭޝަން ފީ  | 
 1000 ދިވެހި ރުފިޔާ  | 
ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓް މި އިޢުލާނާއިއެކު ގެޒެތްކޮށްފައިވާނެއެވެ.
| 
 ބީލަމަށް ރަޖިސްޓްރީ ކުރުން  | 
 ލިންކް: https://forms.office.com/r/D6r18fA89f 
 - އެކައުންޓް ނަންބަރު: 7720700434001 - އެކައުންޓްގެ ނަން: 1326 REVENUE 1 
  | 
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  | 
  | 
| 
 ބީލަން ހުށަހެޅުން  | 
 ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަން) ގައެވެ. 
  | 
| 
 މާކްސް ދިނުން  | 
 ބީލަމުގެ އިވަލުއޭޝަން ކްރައިޓީރިއާ  | 
 %  | 
| 
 ހުށަހަޅާ އަގު  | 
 70  | 
|
| 
 - ބިމު ކުލި - ބިމު ކުލީގެ ގޮތުގައި ފުރަތަމަ 5 އަހަރު، މަހެއްގެ މަށްޗައް ހުށަހެޅީ 3000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެކެވެ. - ބިމުކުލީގެ ގޮތުގައި ހުށަހަޅާ ޖުމްލަ އަގަށް %50 ދޭވޭނެއެވެ. - ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ނަގާ މުއްދަތަށް ޖުމްލަ ބިމުކުލީގެ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެންމެ މަތިން މާކްސް ދެވޭނެއެވެ. - ކުއްޔަށް ގެނެވޭ ބަދަލު - ބިމު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ބަދަލު ގެންނަ އިންސަތައަށް %20 - ބިމު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް، ބިން ކުއްޔަށް ނަގާފައިވާ މުއްދަތުގައި، އަހަރުން އަހަރަށް ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ގެންނަ ފާރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ.  | 
 
  | 
|
| 
 ހިދުމަތް ފެށާނެ މުއްދަތު  | 
 30%  | 
|
  | 
 
  | 
|
| 
 ހުށައަޅަންޖެހޭ ތަކެތި  | 
  | 
|
| 
 އިތުރު މާއުލޫމާތު  | 
 މި އިޢުލާނާއި ގުޅިގެން އެކަށިގެންވާ އަދަދަށް ބީލަން ހުށަހަޅާފައި ނުވާނަމަ ނުވަތަ ހުށަހަޅާފައިވާ ބީލަންތަކުގެ އަގާއި, ހުށަހޅާފައިވާ އިތުރު ކަންކަން އެކަށީގެން ނުވާނަމަ މި އިޢޫލާން ބާތިލްކުރުމުގެ އިޚްތިޔާރު ކެނދިކުޅުދޫ ކައުންސިލަށް ލިބިގެންވެއެވެ.  | 
|
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 ޛުލްގައިދާ 1446