ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިއޮތޯރިޓީގައި ބަހައްޓާފައިވާ ބެކަޕް ޖެނެރޭޓަރ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނު ނަންބަރު IL-PRC/2015/50 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ކުރަންޖެހޭ މަސައްކަތް:
- މި އޮތޯރިޓީގައި ބަހައްޓާފައިވާ ބެކަޕް ޖެނެރޭޓަރ 1 (އެކެއް) އަހަރުދުވަހު ސާރވިސްކޮށް ބެލެހެއްޓުން.
- މަހަކު އެއްފަހަރު ބެކަޕް ޖެނެރޭޓަރ ބަލައި ޗެކްކުރުމަށްފަހު، މަޢުލޫމާތު ސެޝަންގައި ފޯރުކޮށްދެވޭ ޗެކްލިސްޓްގައި ހިމެނިފައިވާ ފޯމެޓްގައިވާ ހުރިހާ މަޢުލޫމާތެއް ހިމަނައިގެން އެކުލަވާލެވޭ ރިޕޯޓްތައް ކޮންމެ މަހަކު މިއޮތޯރިޓީއަށް ހުށަހަޅުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
08 ސެޕްޓެންބަރު 2015 |
އަންގާރަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
15 ސެޕްޓެންބަރު 2015 |
އަންގާރަ |
11:00 |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
16 ޛުލްޤަޢިދާ 1436