ދިވެހިރާއްޖެ
1446 އަޟްޙާޢީދު ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުޞަތު
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މި އިދާރާއިން ނައިޓް މާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓްގައި އާއްމު ވިޔަފާރި، ޚާއްސަ ވިޔަފާރި އަދި ކެންޓީނުގެ ޚިދުމަތް ދެވޭނެއެވެ. މި ނައިޓް މާކެޓް އޮންނާނީ 2025 ޖޫން 05 ވަނަ ދުވަހު ހަވީރު 16:00 އިން ފެށިގެން 2025 ޖޫން 14 ވަނަ ދުވަހުގެ ރޭގަނޑު 23:00 ގެ ނިޔަލަށެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލްފޯމް މެދުވެރިކޮށެވެ. ގޫގުލް ފޯމްގެ ލިންކު މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ނައިޓްމާކެޓް 2025ގެ އުސޫލް ގޫގުލް ފޯމްއިން ފެނިވަޑައިގަންނަވާނެއެވެ. ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ 2025 މެއި 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމުގައި ދަނަނަވަމެވެ.
ފޯމްގެ ލިންކް: https://forms.gle/XSfHD6Fpn44q1ERB9