ނީލަން
ނަންބަރު: (IUL)337/337/2025/40
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 19 މޭ 2025 16:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

(IUL)337/337/2025/40 ނަންބަރ

އިޢުލާން

  ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން 19  މެއި 2025 ވާ ހޯމަ ދުވަހުގެ ހަވީރު 16:00ގައި އޮންނާނެއެވެ.

ތަފްޞީލް

ތަރީޚް:

ގަޑި:

 ތަން:

19 މެއި 2025 (ހޯމަ)

16:00 (ހަވީރު)

މަންފާވިލާ ގުދަން ކައިރި

 

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުން ކަމުގައި ދަންނަވަމެވެ.

ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ 20 މެއި 2025  ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

އެކައުންޓްގެ މަޢުލޫމާތު

އެކައުންޓް ނަން:  Secretariat of the Maafushi Council

އެކައުންޓް ނަންބަރ: 7730000098799

ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7521050 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚުގައި ފައިސާ ދެއްކުމަށް ފަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  25 މެއި 2025ވާ އާދިއްތަ ދުވަހުގެ  18:00 ގެކުރިން  ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.  ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޛުލްޤަޢިދާ 1446

12 މެއި 2025

 

 

12 މޭ 2025