ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ވަނަ އަހަރުގެ "ދަންޑެހެލެ ވާދެމުން 1446" މުބާރާތައް ފުރުސަތު ހުޅުވާލުން
ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާ ކުރުމާއި އެކު އާއިލީ އަދި ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ 1446 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިގޮތުން މިހަރަކާތްތަކުގެ ތެރޭގައި އަންހެން ފިރިހެން ދެ ޖިންސު ވަކިން ޓީމްތައް ބައިވެރިވެވޭ "ދަންޑެހެލެ ވާދެމުން 1446" މުބާރާތުގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވައި އެކަން އިޢުލާން ކުރަމެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 21 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުންއެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް އަދި މުބާރާތުގެ ޤަވާއިދު ތިރީގައިމިވާ ލިންކް އިން ލިބިލައްވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ތިރީގައިމިވާ ލިންކް އިން ލިބިލައްވާނެއެވެ.
https://forms.gle/kTqU973N47LCGXzd8
އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި މިވާ ނަންބަރު ތަކަށް ގުޅުއްވުން އެދެމެވެ.
އަލީ ޝައުޒޫން : 7904046
އިބްރާހިމް އާތިފް : 7971988
އާމިނަތު އަމީޒާ ޚަލީލް : 7775126
14 ޛުލްޤައިދާ 1446
12 މެއި 2025