ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3A/426/2025/312
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 21 މޭ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޢީދި ސަމާ 1446 ވަނަ އަހަރުގެ ރޮނޑާ މަސްރޭސް މުބާރާތައް ފުރުސަތު ހުޅުވާލުން

އިޢުލާން

 

އައްޑޫ ޢީދި ސަމާ 1446 ވަނަ އަހަރުގެ ރޮނޑާ މަސްރޭސް މުބާރާތައް ފުރުސަތު ހުޅުވާލުން

ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާ ކުރުމާއި އެކު އާއިލީ އަދި ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ - 1446 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިގޮތުން މިހަރަކާތްތަކުގެ ތެރޭގައި ބޭއްވޭ "ރޮންޑާ މަސްރޭސް – 1446 މުބާރާތުގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވައި އެކަން އިޢުލާން ކުރަމެވެ.

          ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 21 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުންއެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް އަދި މުބާރާތުގެ ޤަވާއިދު ތިރީގައިމިވާ ލިންކް އިން ލިބިލައްވާނެއެވެ.

https://forms.gle/HNv3hm8xosZBpcGk9

އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި މިވާ ނަންބަރު ތަކަށް ގުޅުއްވުން އެދެމެވެ.

އަލީ ޝައުޒޫން :   7904046      

އިބްރާހިމް އާތިފް  : 7971988     

ހުސައިން އާބިދު : 9995765                                  

12 މެއި 2025.

14 ޛުލްޤައިދާ 1446

12 މޭ 2025