ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/90
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 18 މޭ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރު ކައުންސިލްގެ ފަރާތުން ބައިވެރިވާ މުބާރާތްތަކުގެ ޖާރޒީ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

   މިއަހަރު މިކައުންސިލްގެ ފަރާތުން ބައިވެރިވާ އެކިއެކި މުބާރާތްތަކުގައި މިކައުންސިލް އަދި ދުވާފަރު ތަމްސީލްކުރާ ޓީމުތައް ބޭނުން ކުރުމަށްޓަކައި ލާނެ ޖާރޒީއެއް ޑިޒައިންކުރަން ބޭނުންވެއެވެ. ކުޅުންތެރިން ބޭނުންކުރާ ޖާރޒީއާއި އޮފިޝަލުންގެ ޖާރޒީއާއި ޓްރެވަލް ކިޓް އަދި ގޯލް ކީޕަރ ޖާރޒީ ޑިޒައިން ހުންނަންވާނީ ތަފާތުކޮށެވެ.

           ޖާރޒީތައް ޑިޒައިން ކުރާއިރު މިކައުންސިލްގެ ލޯގޯ އާއި ދުވާފަރު ސްޕޯޓްސް ކުލަބުގެ ލޯގޯ ހުންނަންވާނެއެވެ. ހޯމްގައި ބޭނުންކުރާ ޖާރޒީއާއި އަވޭގައި ބޭނުންކުރާ ޖާރޒީ ހުންނަންވާނީ ތަފާތު ދެކުލާގައެވެ.

           ހޯމް ޖާރޒީގެ މައިގަނޑު ކުލައަކަށް ވާންވާނީ ދުވާފަރު ސްޕޯޓްސް ކުލަބުގެ ކުލަތެކެވެ. މަދުވެގެން ކޮންމެ ވައްތަރަކުން 3 ޑިޒައިން ހުށައަޅަންވާނެއެވެ. އެއީ ހޯމްގައި ބޭނުންކުރާ 3 ޑިޒައިނަކާއި އަވޭގައި ބޭނުންކުރާ 3 ޑިޒައިނެކެވެ. ހުށައަޅާ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއް ކަނޑައަޅާނީ މިކައުންސިލުންނެވެ. ޑިޒައިންތަކުގެ ސޮފްޓް މިކައުންސިލަށް ހުށައަޅަންވާނެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޖާރޒީގެ ޑިޒައިންތަކާއެކު މަސައްކަތުގެ އަގު އެނގޭ ގޮތަށް 18 މެއި 2025 ގެ ކުރިން މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

          އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ އެސްޖީ އިސްމާއީލް އަޙްމަދު (9701318) އަށެވެ.  އޮންލައިން ކޮށް ކޯޓޭޝަން ހުށައެޅުއްވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.  

މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

12 މޭ 2025