ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-D/381/2025/41
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 22 މޭ 2025 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބް ޖަމްޢިއްޔާތަކަށް ބިންދޫކުރުމާ ގުޅޭ,

* ކްލަބް ޖަމްޢިއްޔާތަކަށް ބިންދޫކުރުމާ ގުޅޭ؛

          

                ކުޑަހުވަދޫގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރެވިގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހަރަކާތްތެރިވެ ކަންކަން ހިންގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކްލަބް ޖަމްޢިއްޔާގެ އިދާރާ ހިންގުމާއި އެހެނިހެން ހަރަކާތްތައް ހިންގުމަށް ބިން ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

                  ވީމާ މި ދެންނެވި ބޭނުމަށް ބިންބޭނުންވާ ކްލަބް ޖަމްޢިއްޔާތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

                  މި އިޢުލާނާއެކު "ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއިން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމުގެ އުޞޫލް" 'އުޞޫލް ނަންބަރު:(PP)381-A/381/2024/2 އާއި ޖަމްޢިއްޔާތަކުން ބިންހޯދުމަށް އެދި ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

11 މޭ 2025