ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2015/72
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 20:32
ސުންގަޑި: 03 ސެޕްޓެންބަރު 2015 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ، ގްރޭޑް 1

މުވައްޒަފުން ބޭނުންވެއްޖެ

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:                   ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުސާރަ:                  -/4,000 ރުފިޔާ

ސަރވިސް އެލަވަންސް:         -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:   އަސާސީ މުސާރައިގެ %35  (-/1,400 ރުފިޔާ)

ކޮއްތުފައިސާ:                 އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ  

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:     މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް

މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތް:  ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުމާއި، ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން. އަދި ކަސްޓަމްސް އޮފީސްތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި، ކަސްޓަމްސްގެ އެންމެހާ ސެކްޝަންތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

ބޭނުންވާ އަދަދު:  01 (އެކެއް)

މަޤާމުގެ ޝަރުޠު:   ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް މީހަކު ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0,A1,B1,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތަކަށް، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހަކަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ
  5. މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 03 ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015