ބީލަން
ނަންބަރު: (IUL)368/368/2025/22
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 15 މޭ 2025 23:59
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ނަންބަރު މަސްގޮޅި ކުއްޔަށް ދޫކުރުން

އިޢުލާން

02 ނަންބަރު މަސްގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ (2 ވަނަ ފަހަރަށް އިއުލާނު ކުރުން)

މުލަކަތޮޅު ދިއްގަރު އިރުމަތީ ފަރާތުން މަސްކައްކާ ހިއްކުމުގެ މަސައްކަތައް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން 2 ނަމްބަރު މަސްގޮޅި (މެދުގޮޅި) ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން https://forms.fillout.com/t/9mtG7cwEvius މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

މައުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަސް ކައްކާ ހިއްކުމަށް ދޫކުރެވިފައިވާ ބިން ތަކުގެ ތެރެއިން 2 ނަމްބަރު ގޮޅީގެ މިހާރުގެ ހާލަތު ދައްކައިދޭ ފޮޓޯ މައުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ. ސައިޓް ވިޒިޓް ހަމަޖައްސަން ބޭނުންފުޅުވެލައްވާ ނަމަ ކައުންސިލްގެ ނަމްބަރު 6720031 އާއި ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

20 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހެޅުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

11 މޭ 2025