ބީލަން
ނަންބަރު: (IUL)304-CA/304/2025/89
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 19 މޭ 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދު ޖާފަތުގެ ކޭޓަރިން ކުރާނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އަޟްހާ ޢީދު ޖާފަތުގެ ކޭޓަރިން ކުރާނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު (IUL)304-CA/304/2025/64 ޢިއުލާނާގުޅިގެން ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ލިޔުންތައް ފުރިހަމަނުވާތީ، ފުރަތަމަ ޢިއުލާން ވަނީ ބާޠިލްވެފައެވެ. އެހެންކަމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ.  

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 11 ވަނަ ދުވަހުން ފެށިގެން 2025 މެއި 14 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

14 މެއި 2025

ބުދަ

12:00

އަންދާސީ ހިސާބު ހުށަހެޅުން

19 މެއި 2025

ހޯމަ

12:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

11 މޭ 2025