މަސައްކަތް
ނަންބަރު: (IUL)320-FNP/320/2025/63
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 15 މޭ 2025 10:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތު ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

               މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތު ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މި އިދާރާއިން ފޯރު ކޮށްދޭ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށަހަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށަހެޅުމަށްވެސް ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 މޭ 2025  ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފު ކުރެއްވުމަށް 6608303/7740374 އަށް ގުޅުއްވުން އެދެމެވެ.

11 މޭ 2025