ދިވެހިރާއްޖެ
MOFCOM Scholarship- University Program 2025 |
||
ޤައުމު: ޗައިނާ |
25 މާސްޓަރ ޑްގްރީ 14 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
މާސްޓަރސް ޑިގްރީ 1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. 2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS/ TOEFLސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް IELTS/ TOEFLސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއްސާފުކުރުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.) 3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 4. ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން. 5. 1 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން. 6. އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. ޕީ.އެޗް.ޑީ ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. 2. TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS / TOEFL ސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް IELTS/ TOEFL ސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއް ސާފުކުރެއްވުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.) 3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 4. ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން. 5. 1 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން. 6. އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
- މި ސްކޮލަރޝިޕާ ގުޅޭ ޔުނިވަރސިޓީތަކުގެ އިންފޮމޭޝަން ޝީޓު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރިސެޓެލްމަންޓް ފީ، މެޑިކަލް އިންޝުރެންސް، އަދި ދެކޮޅު ޓިކެޓް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކާއި، އެކޮމޮޑޭޝަންގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީތަކުގެ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.) - މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ޔުނިވަރސިޓީގެ އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް 22 މެއި 2025 ގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. ވީމާ، އެޕްލިކޭޝަންއާއި ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް ހަމަކޮށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތް ކަމަށް އެޓެސްޓެޑް ކޮށްފައިވާ ލިޔުންތަކަށްވާން ޖެހޭނެއެވެ. - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
ސުންގަޑި: 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން |
||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |