ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-TIRS/1/2015/89
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 30 ސެޕްޓެންބަރު 2015 15:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް އޮޑިޓް ކޮންސަލްޓެންޓް

ޓެކްސް އޮޑިޓް ކޮންސަލްޓެންޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން ތަންފީޒުކުރަމުންދާ "އެންހޭންސްޑް އިންޓެގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، މީރާގެ އޮޑިޓް ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތިރީގައި މި ދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

މަޤާމު: ޓެކްސް އޮޑިޓް ކޮންސަލްޓެންޓް

އަދަދު: 1

ފެންވަރު ނުވަތަ ޝަރުޠު: ޓެކްސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރަންޖެހޭ ތަން : މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ގަޑިރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 5:00 އަށް
ވަޒީފާގެ މުއްދަތު 6 މަސްދުވަސް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: މަޤާމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 3:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި މަޤާމާބެހޭ އިތުރު ތަފުސީލު ނުވަތަ ޓާރމްސް އޮފް ރެފަރެންސް މި އޮތޯރިޓީގެ ވެބްސައިޓް https://www.mira.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.

10 ޛުލްޤަޢިދާ 

25 އޮގަސްޓް 2015