ދިވެހިރާއްޖެ
ޢިޢުލާން
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ 2025 އަދި މި އެސޯސިއޭޝަންގެ ވޯޓުލުމުގެ ހައްޤު ލިބިދޭ ފަރާތްތަކާއި ބެހޭ
ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް ސެމިނާރ ރޫމް (ހ.ބޯޅަގެ) ގައި ބޭއްވުމަށް ނިންމާފައިވާކަމުގައި އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
މި ޢިއުލާންގައި، ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ މި އެސޯސިއޭޝަންގެ ވޯޓުލުމުގެ ހައްޤު ލިބިދޭ ފަރާތްތަކުގެ ރަޖިސްޓްރީ ވެސް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ވޯޓާރސް ރަޖިސްޓްރީ އާއި ބެހޭ އެއްވެސް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ 17 މެއި 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް އެދެމެވެ.
- ޝަކުވާ ހުށަހެޅުއްވުމަށް ލިޔުން ފޮނުވާނީ: [email protected]
ވީމާ، މިވާހަކަ އަންގާ ޢިޢުލާން ކުރުމުގެ އިތުރުން މިއެސޯސިއޭޝަންގެ އަހަރީ ޖަލްސާއަށް ހުރިހާ މެންބަރުންނަށް ދަޢުވަތު އެރުވީމެވެ.
10 މެއި 2025